މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

24 ޖެނުއަރީ 2022

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކަށް ފެނުގެ ޙިދުމަތް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ ބައެއް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖެނުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްދަންނަވަމެވެ. އަގު ހުށައަޅާނީ އަގު ހުށައެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުންނެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް ފޯމް ލިބިވަޑައިގަންނަވާނެއެވެ.
                   މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
                  16 ޖުމާދަލްއާޚިރާ 1443
                  19 ޖެނުއަރީ 2022
                                                                                      އަޙްމަދު މުޢާޛު މުޙައްމަދު       
                                                                                     އުލިގަމު ކައުންސިލްގެ ރައީސް