މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މުވައްސަސާއެކެވެ. މި މުވައްސަސާގެ މައިގަނޑު ބޭނުމަކީ، ބުނެވިދިޔަ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރައްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތަކާއި އަދި އެހެން ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި މުވައްސަސާ އެކުލެވިގެންވަނީ އެއް ސެކްޝަނާއި 3 ޔުނިޓް ހިމެނޭ ގޮތަށެވެ. އެއީ ކޯޕަރޭޓް އެފެއަރޒް ޔުނިޓާއި މުނިސިޕަލް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓް އަދި އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޔުނިޓެވެ.