އުލިގަމަކީ ދިވެހިރާއްޖޭގެ އެންމެ އުތުރުން ތިލަދުންމަތިން ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 2 ވަނަ ރަށެވެ. އުލިގަމަކީ ބިމުގެ ގޮތުން ބޮޑުރަށެކެވެ. މިރަށުގެ ބިމުގައި 112 ހެކްޓަރު ހުރެއެވެ. މިރަށަކީ ޒަމާނުއްސުރެ ގިނަޢަދަދަކަށް ބޭރުގެ އުޅަނދުފަހަރު ޒިޔާރަތްކުރާ ރަށަކަށްވާތީ މިރަށުގައި އެމް.އެން.ޑީ.އެފްގެ ރާޑަރ ސްޓޭޝަނާއި ކަސްޓަމްސް އޮފީހާއި ޕޯރޓް ހެލްތާއި، އެމްޕީއެލްގެ އުތުރު އައިއެސްޕީއެސް ގޭޓުގެ އިތުރުން އިމިގުރޭޝަންގެ ޔުނިޓެއް ހުރެއެވެ. މިރަށުގެ ބަނދަރަކީ 300 ފޫޓުގެ ކުޑަ ބަނދަރެެކެވެ. އުލިގަމަކީ ކޮންމެ އަހަރަކުވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ