އިދާރާގެ އިސްވެރިންގެ މަސްޢޫލިއްޔަތާއި ލިބިދޭ ބާރުތަކާއި އަދި އިޚްތިޔާރުތައް

ސެކްރެޓަރީ ޖެނެރަލް

  1. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި، ޤަވާއިދާއި ސިވިލް ސަރވިސް ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރެވޭނެ އިންތިޒާމެއް ޤާއިމުކޮށް އެ އިންތިޒާމު ހަމަޖެއްސުން
  2. އިދާރާގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލެހެއްޓުމުގެ ނިޒާމު އޮފީހުގައި ޤާއިމުކޮށް، އެކަމާ މުވައްޒަފުން ޒިންމާ ކުރުވާ އެކަންކަން ބެލެހެއްޓުން
  3. ދިވެހި ސިވިލް ސަރިވިސްގެ ޤާނޫނާއި، ޤަވާޢިދާއި އުސޫލުތަކާ އެއްގޮތަށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއަދާކުރާ ތަން ބަދަލުކުރުމާއި، މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި އިނާޔަތާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި، މުސާރަ ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ނަމަވެސް މުވައްޒަފެއް ވަޒީފާއަށް ނުކުތުން މަނާކުރުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން
  4. ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލުންގެ ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން
  5. ކައުންސިލު އިދާރާގހެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސަށް ރިޕޯޓުކޮށް ޖަވާބުދާރީވުން
  6. ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޛުކުރުން
  7. ކައުންސިލުން ނިންމާ ނިންމުތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޛުކުރުނq
  8. ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލުގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން
  9. ކައުންސިލުގެ މަސައްކަތްތަކާއި ޙަރަކާތްތަކާއި އިންސާނީ ވަޞީލަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ނުވަތަ ކައނުންސިލަށް ލަފާދިނުން
  10. ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބެޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޛުކުރުން
  11. ކައުންސިލުގެ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތަކައްކޮށް، އޭގެ އަލީގައި ކައުންސިލުގެ ޚިދުމަތްތަކާއި މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލުގެ ރައީސަށް ލަފާދިނުން
  12. ދަޢުލަތުގެ މާލިއްޔަތު ޤާނުނުގެ ބޭނުމަށް، ކައުންސިލުގެ ރައީސްގެ ލަފާގެ މަތިން، ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން
  13. އެތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެ ތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދު ހިމަނައިގެން، އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވައިލައި، އަދި މި ގަވާއިދުގައިވާ ތާރީޚަށް މިނިސްޓަރަށް ހުށަހެޅުން
  14. ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޭޝްފްލޯ ޕްލޭން މިނިސްޓްރީ އޮފް ފިނޭންސުން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ރިޕޯޓުކުރުން
  15. ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި (މާރިޗު 31 ގެ ނިޔަލަށް) އެ އޮފީހެއްގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ކައުންސިލުގެ އަހަރީ ރިޕޯޓު އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން
  16. މާލީޒިންމާދާރުވެރިން ނިސްބތްވާ އޮފީސްތަކާއި، އެ އޮފީސްތަކުގެ ޑިޕާޓްމަންޓްތަކާއި، ކޮސްޓް ސެންޓަރުތަކާއި، ދައުލަތުގެ އެހެނިހެން އޮފީސްތައް ޚަރަދު ކުޑަކޮށް، ހަރުދަނާކޮށް އަދި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަސޤ ލޯކަލް ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާގުޅޭ މަޢުލޫމާތު ޞަފްޙާ 3 ގެ 3 ހިންގައި ބެލެހެއްޓުމަކީ މާލީޒިންމާދާރުވެރިންގެ ޒިންމާއަކަށްވާތީ، މި ކަންތައްތަކަށް ޢަމަލުކުރުމުގެ ގޮތުން މިކަމާގުޅޭ އިރުޝާދުތައް، އެފަރާތުގެ ބެލުމުގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓުތަކަށް ދިނުން
  17. މާލީޒިންމާދާރުވެރިންގެ ބެލުމުގެ ދަށޫގައިވާ ހުރިހާ މުވައްޒަފުންނަކީ މާލީ، އަދި ހިސާބު ބެލެހެއްޓުމަށް އެކަށޭނަ، އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުންތޯ ބަލައި، ތަމްރީނު ދިނުމަކީ މާލީޒިންމާދުވެރިންގެ މަސްއޫލިއްޔަތަކަށްވާތީ، މިފަދަ ތަމްރީނުތަކާއެކު، ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތައް ހުރިހާ މުވައްޒަފުންނަށް ހުރިހާ ވަގުތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  18. މި މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ޑިޕާޓްމަންޓުގަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތައް ހުންނަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ސަރުކާރުގެ ސިޔާސަތާއި ހިސާބު ބެލެހެއްޓުމާބެހޭ އާންމު އިރުޝާދުތަކާއި، ފައިނޭންޝަލް ކޮންޓްރޯލަރ ކަނޑައަޅާފައިވާ ހަމަތަކާއި، އުޞޫލުތަކާއި، އަދި އެއްވެސް ޤާނޫނަކާ ތަޢާރުޒުނުވާ ގޮތެއް މަތިންކަން ކަށަވަރުކުރުން
  19. ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތަކާއި އެއަށް ގެނެވޭ އިސްލާހުގެތަކުގެ ކޮޕީ ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހަޅާ ލަފާ ހޯދުން
  20. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރެވިފައިނުވާ ކަމަކުން، ހިސާބުތަކާއި މާލީ ރިކޯޑުތަކަށް ބަދަލެއް އަތުވެދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން
  21. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމުގައި ދަތިތަކެއް މެދުވެރިވެއްޖެނަމަ. އެކަމެއް ހައްލުކުރުމަށް އެ ތަނަކަށް ފެންނަގޮތުގެ ލަފަޔާއެކު ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން
  22. އެކުންޓްސް އޮފިސަރުންގެ މަސްއޫލިއްޔަތަކީ އެކައުންޓްސް އޮފިސަރުން އައްޔަންކުރެވިފައިނުވާ ތަންތަނުގައި، އެކައުންޓްސް އޮފިސަރުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ހުރިހާ ކމެއް ކުރާނީ އެ އޮފީހެއްގައި އެކަމެއް އައްޔަންކޮށްފައިވާ ފަރާތަކުން ޒިންމާވާގޮތަށްކަން ކަށަވަރުކުރުން
  23. ދައުލަތުގެ އޮފީހަކުން ކުރާ ޚަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގ އޮފިސަރުން ޢައްޔަންކޮށް، އެ މުވައްޒަފުންނަށް ހުއްދަދެވޭނެ އެންމެ މަތީ ޢަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ކަށަވަރުކުރުމަށް ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހެޅުން
  24. މަތީގައި ބަޔާންކޮށްފައިވާ މާލީ ކަންކަމުގެ އިތުރުންވެސް ދައުލަތުގެ އޮފީހުގެ އިސްވެރިޔާ ކުރުމަށް ހަވާލުކުރާ މާލީކަންކަން ކުރުން

ކައުންސިލް އެގްޒެކްޓިވް – އިކޮނޮމިކް ސޯޝަލް އެންޑް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއޓުމާއެކު އެ ނިންނމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  3. ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން
  4. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން
  5. މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަތޮޅު ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލް އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން
  6. ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްކުރުމާއި، އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  7. ޤައުމީ ތަރައްޤީގެ ޕްލޭން / އެކްޝަން ޕްލޭނުގެ ދަށުން ސިޓީ، އަތޮޅު ނުވަތަ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން. އަދި މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން
  8. ސިޓީގެ، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުން
  9. ސެކްޝަންގެ ދަށުން އުފައްދާފައިވާ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓުގެ މަސައްކަތްތަކާއި، މުނިސިޕަލް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓުގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުމާއި، ޔުނިޓު ހެޑުން ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  10. ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން
  11. ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން
  12. ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމާ ބެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން
  13. ސެކްޝަނުގެ ދަށުން އުފައްދާފައިވާ ޔުނިޓުތަކުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން
  14. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުޞޫލުތަކުގެ ދަށުން، ސެކްޝަނުގެ ދަށުން އުފައްދާފައިވާ ޔުނިޓުތަކުގައި މަސައްކްކުރާ މުވައްޒަފުންނާގުޅޭ ކަންކަން ބެލެހެއްޓުމުގައި ސެކްރެޓަރީ ޖެނެރަލް އަށް އެހީތެރިވެދިނުން
  15. ކައުންސިލްގެ ބަޖެޓާބެހޭ ކަންކަމާއި ފައިސާގެ މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުން، އަދި ކައުންސިލްގެ އިދާރާގެ އެހެން މުވައްޒަފުންވެސް އެގޮތަށް ޢަމަލުކުރޭތޯ ކަށަވަރުކުރުން
  16. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން
  17. ސެކްޝަނުގެ ދަށުން އުފައްދާފައިވާ ޔުނިޓުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން
  18. ކައުންސިލާއި ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ މަތިން ސިޓީ، އަތޮޅު ނުވަތަ ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން

އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް – ކޯޕަރޭޓް އެފެއާޒް ޔުނިޓް

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއޓުމާއެކު އެ ނިންނމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  3. ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން
  4. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން
  5. ޖަވާބުދޭންޖެހޭ އެންމެހާ އިދާރީ ލިޔެކިޔުންތައް ސުންގަޑިއަށް ނިންމާ ފޮނުވާކަން ކަށަވަރުކުރުން
  6. ނިންމަންޖެހޭ އެންމެހާ އިދާރީ ރިޕޯޓުތަކާއި، ތަފާސް ހިސާބުތައް ސުންގަޑިއަށް ނިންމާ ފޮނުވާކަން ކަށަވަރުކުރުން
  7. އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ދުވަހު ޔައުމިއްޔާ ލިޔުމުގެ ކަންތައް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  8. ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައްދަލުވުންތަކާއި، އިދާރާގައި ބާއްވާ އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސާ މުވައްޒަފުން ލައްވާ އެ މަސައްކަތްކުރުވުން
  9. އިދާރާއިން ޢާއްމުކުރަންޖެހޭ ލިޔެކިޔުންތައް ސަރުކާރުން އެކަމަށް ކަނޑައަޅާފައިވާ ވެބްސައިޓުތަކުގައާއި، އިދާރާގެ ވެބްސައިޓުގައި ސާއިޢުކުރެވޭކަން ކަށަވަރުކުރުން
  10. އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި، ފައިސާއާގުޅޭ ރިޕޯޓުތައް ލިޔެބެލެހެއްޓުމުގެ ކަންތައް މުވައްޒަފުން ލައްވާ ކުރުވުން
  11. ދަޢުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ގަވާއިދާ އެއްގޮތަށް އިދާރާއަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއި، ޚަރަދުހިނގާ ނުހިނގާގޮތް ބެލެހެއްޓުމާއި، ހިސާބުތައް ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި ފޮތްތައް ހަދާ އަދާހަމަކުރުމުގެ ކަންތައް މުވައްޒަފުން ލައްވާ ކުރުވުން
  12. މުވައްޒަފުންނަށް މުސާރައާއި އެލަވަންސް ދިނުމާއި، ބިލުތަކަށް ފައިސާ ދެއްކުމުގެ ކަންތައް މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން
  13. ކައުންސިލުގެ އަހަރީ ބަޖެޓު އެކުލަވާލާ ފާސްކުރުމަށް ހުށަހެޅުން. އަދި ކައުންސިލުގެ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ކޮންޓްރޯލު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
  14. ޕްރޮކިއުމެންޓާގުޅޭ އެންމެހާ މަސައްކަތްތައް ކުރެވޭނެ އިންތިޒާމުތައް މާލިއްޔަތުގެ ގާނޫނާ ގަވާއިދާ އެއްގޮތަށް ހަމަޖައްސާ، އެ މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  15. ސްޓޮކު ބެލެހެއްޓުމުގެ އިންތިޒާމުތައް މާލިއްޔަތުގެ ގާނޫނާ ގަވާއިދާ އެއްގޮތަށް ހަމަޖައްސާ، އެ މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ހިންގާ ބެލެހެއްޓުން
  16. އިދާރާއާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކާއި، ތަންތަން އަދި އެތަންތަނުގައިވާ ހަރުމުދަލުގެ ރަޖިސްޓްރީ ހަދާ އަދާހަމަކޮށް ބެލެހެއްޓޭނެ އިންތިޒާމު، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ގަވާއިދާ އެއްގޮތަށް ހަމަޖައްސާ، އެ މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  17. ނީލަން ކިޔުމުގެ ކަންކަން ދަޢުލަތުގެ މާލިއްޔަތުގެ ގާނޫނާ ގަވާއިދާ އެއްގޮތަށް އިންތިޒާމުކޮށް ހަމަޖެއްސުމާއި، އެ މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ހިންގާ ބެލެހެއްޓުން
  18. މުވައްޒަފުންގެ ޙާޟިރީއާއި، ޗުއްޓީއާގުޅޭ އެންމެހާ ކަންކަން ރާވާ ހިންގާ ބެލެހެއްޓުމާއި، މުވައްޒަފުންނާގުޅޭ ރެކޯޑުތައް ބެލެހެއްޓުމުގެ ކަންކަން އިންތިޒާމުކޮށް، އެ މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  19. އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ވަޒީފާތަކަށް މީހުން ނެގުމުގެ ކަންކަން އިންތިޒާމުކޮށް މުވައްޒަފުން ލައްވާ އެ މަސައްކަތް ކުރުވުން
  20. އައި.ޓީއާ ގުޅޭ އެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް، އެ މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  21. އިދާރާގެ އެންމެހާ ތަންތަނާއި، ގޯތިތެރެއާއި، އިލެކްޓްރޯނިކް ތަކެއްޗާއި އެޕްލަޔެންސްތައް ފޮޅާސާފުކުރުމުގެ މަސައްކަތް މުވައްޒަފުން ލައްވާކުރުވުން
  22. އިދާރާއިން ކުރަންޖެހޭ ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސާ މުވައްޒަފުން ލައްވާ އެ މަސައްކަތްކުރުވުން. އަދި އިދާރާގެ ވެހިކަލްތައް ދޮވެ ސާފުކުރުވުމާއި ބެލެހެއްޓުމުގެ މަސައްކަތް އިންތިޒާމުކޮށް މުވައްޒަފުން ލައްވާ އެ މަސައްކަތްކުރުވުން
  23. ކައުންސިލުގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާއި، ފާހަގަކުރާ މުނާސަބަތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން

އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް – މުނިސިޕަލް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓް

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއޓުމާއެކު އެ ނިންނމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  3. ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން
  4. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން
  5. ރަށްވެހި ޚިދުމަތްތަކާ ގުޅޭގޮތުން ޖަވާބުދޭންޖެހޭ އެންމެހާ ލިޔެކިޔުންތައް ސުންގަޑިއަށް ނިންމާ ފޮނުވާކަން ކަށަވަރުކުރުމާއި، ދޫކުރަންޖެހޭ ހުއްދަތަކާއި ލައިސެންސުތައް ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް، ވިލަރެސްކޮށް، މޮނިޓަރކޮށް ހިންގާ ބެލެހެއްޓުން
  6. ރަށްވެހިޚިދުމަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، ނިންމަންޖެހޭ އެންމެހާ ރިޕޯޓުތަކާއި، ތަފާސް ހިސާބުތައް ސުންގަޑިއަށް ނިންމާ ފޮނުވާކަން ކަށަވަރުކުރުން
  7. ކުނި މެނޭޖުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ އިންތިޒާމުކޮށް، މުވައްޒަފުން ލައްވާ އެމަސައްކަތްކުރުވުމާއި، މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  8. ރަށުގައި ނައްތާލެވެން ނުހުންނަ ކުނީގެ ބައިވަތްތައް ނައްތާލުމަށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމުގެ ކަންކަން އިންތިޒާމުކޮށް، މުވައްޒަފުން ލައްވާ އެމަސައްކަތްކުރުވުމާއި، މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  9. ކުނި މެނޭޖުކުރުމަށް ބޭނުންކުރާ ވެހިކަލްތަކާއި، މެޝިނަރީޒްއާއި، އިކްއިޕްމެންޓްސް އަދި އެނޭނުންވެސް ވަސީލަތްތަކުގެ ޙާލަތު ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުން
  10. ކަރަންޓާއި، ފެނާއި، ފާހާނާއާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ދޭ ޚިދުމަތާ ގުޅިގެން އުފެދޭ މައްސަލަތައް ބަލާ ހައްލުކުރުމަށް އިދާރާގެ ލެވަލުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ހިންގާ ބެލެހެއްޓުން
  11. ރަށުގެ ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ޚިދުމަތްތަކުގެ ކަންކަން އިތުރަށް ތަރައްޤީކޮށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމާއި، އެ ޚިދުމަތްތަކާ ގުޅިގެން އުފެދޭ މައްސަލަތައް ބަލާ ހައްލުކުރުމަށް އިދާރާގެ ލެވަލުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން
  12. ކައުންސިލްގެ އިދާރާގެ އޮފީސް އިމާރާތާއި ގުދަނާއި، ފާހާނާގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެގޮތް އިންތިޒާމުކޮށް، މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  13. މިސްކިތްތަކާއި، ހިނަވާގެއާއި، ގަބުރުސްތާނުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެގޮތް އިންތިޒާމުކޮށް، މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  14. އިޖުތިމާޢީ މަރުކަޒާއި، ރައްޔިތުހިޔާއާއި، ރަށްވެހިގޭގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެގޮތް އިންތިޒާމުކޮށް، މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  15. ޒުވާނުންގެ މަރުކަޒާއި، ލައިބްރަރީއާއި، އައުޓްޑޯ ޖިމާއި، ކުޅިވަރު ކޯޓުތަކާއި، ޕިކްނިކް އޭރިޔާއާއި، ޕާރކްތަކާއި މައިޒާންތައް، އަދި މަސްމާރުކޭޓުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެގޮތް އިންތިޒާމުކޮށް، މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  16. އެކިއެކި ބޭނުންތަކަށް ބިން ދޫކުރުމާއި، ބިމުގެ ރަޖިސްޓްރީ ހެއްދުމުގެ މަސައްކަތް އިންތިޒާމުކޮށް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  17. ކަށުކަމާކެމީގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް، މުވައްޒަފުންލައްވާ ކުރުވުމާ، އެ މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  18. މަގުމައްޗާއި، އިޖުތިމާޢީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާ، މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  19. ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި، ކާރިޘާތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމުކޮށް، މުވައްޒަފުންލައްވާ މަސައްކަތްކުރުވާ، މަސައްކަތް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  20. ކައުންސިލުގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާއި، ފާހަގަކުރާ މުނާސަބަތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން

އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް – އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޔުނިޓް

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއޓުމާއެކު އެ ނިންނމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  3. ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  4. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  5. އިޤުތިޞާދީ ދާއިރާއިންނާއި، އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ޖަވާބުދޭންޖެހޭ އެންމެހާ ލިޔެކިޔުންތައް ސުންގަޑިއަށް ނިންމާ ފޮނުވާކަން ކަށަވަރުކުރުމާއި، ދޫކުރަންޖެހޭ ހުއްދަތަކާއި ލައިސެންސުތައް ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް، ވިލަރެސްކޮށް، މޮނިޓަރކޮށް ހިންގާ ބެލެހެއްޓުން.
  6. އިޤުތިޞާދީ ދާއިރާއިންނާއި، އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، ނިންމަންޖެހޭ އެންމެހާ ރިޕޯޓުތަކާއި، ތަފާސް ހިސާބުތައް ސުންގަޑިއަށް ނިންމާ ފޮނުވާކަން ކަށަވަރުކުރުން.
  7. ފަރުޟު ފަސްނަމާދުގެ ވަގުތުގައި މިސްކިތްތަކުގައި ބަންގިގޮވާ ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދުތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މިސްކިތްތައް ފޮޅާސާފުކުރުމުގެ އިންތިޒާމު ހަމަޖައްސާ އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  8. ދަޢުލަތުގެ އޮފީސްތަކާ ގުޅުންބަދަހިކުރުމަށް ޙަރަކާތްތައް ރާވާ އެ ޙަރަކާތްތައް ވިލަރެސްކޮށް، މޮނިޓަރކޮށް ބެލެހެއްޓުން.
  9. އޮފީހުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓުތައް އަދާހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މީޑިއާ މެދުވެރިކޮށް ހާމަކުރަންޖެހޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ކަންކަން އިންތިޒާމުކުރުމާއި، އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  10. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އިންފޮރމޭޝަން އޮފިސަރު ކަނޑައަޅާ، ތިންވަނަ ފަރާތްތަކުން ހޯދަން އެދޭ މަޢުލޫމާތު ސުންގަޑިއަށް ނިންމާ ފޮނުވާކަން ކަށަވަރުކުރުން.
  11. އިދާރާއިން ހިންގުމަށް ނިންމާ ދީނީ ޙަރަކާތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކާއި، ތަޢުލީމީ އަދި އިޤުތިޞާދީ ޙަރަކާތްތައް ރާވާ ހިންގުމަށް ޔުނިޓުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކަންކަން ކުރިއަށް ގެންދިއުމާއި، އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  12. ކުޅިވަރާއި ކަސްރަތުގެ ޙަރަކާތްތަކާއި، ޞިއްޙީ ޙަރަކާތްތަކާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާބެހޭ ޙަރަކާތްތައް ރާވާ ހިންގުމަށް ޔުނިޓުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކަންކަން ކުރިއަށް ގެންދިއުމާއި، އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  13. އިދާރާއިން ފާހަގަކުރުމަށް ނިންމާ ދީނީ/ޤައުމީ ޙަފްލާތައް ފާހަގަކުރުމަށް ހިންގާނެ ޙަރަކާތްތައް ރާވާ، އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  14. ރަށުގައި ޤާއިމުކުރެވިފައިވާ ކުޅިވަރާއި ކަސްރަތުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ޔުނިޓާ ގުޅިގެން ކުރިއަށް ގެންދިއުން އަދި އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  15. ޒުވާނުންގެ މަރުކަޒާއި، ލައިބްރަރީގެ ޚިދުމަތް ދެވޭނެގޮތްތައް ރާވާ، އެތަންތަނުގެ ޚިދުމަތް ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  16. ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށާއި، ދޮށީއުމުރުގެ މީހުންނަށާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށާއި، އެކަނިވެރި މައިން/ބަފައިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީ، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެގޮތްތައް ރާވާ އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  17. އިޤުތިޞާދީ އެކިއެކި ބޭނުންތަކަށާއި ވިޔަފާރި ބޭނުމަށް ދޫކުރަންޖެހޭ ހުއްދަތަކާއި ލައިސެންސްތައް، އަދި ކުޅިވަރާއި އިޖުތިމާޢީ ޙަރަކާތްތައް ހިންގުމަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސާ އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  18. ޖަރިސްޓްރީކޮށްގެން ހިންގާ އިމްޕޯޓުމުދާ ވިއްކާ ވިޔަފާރިތަކާއި، ކައިބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކާއި، ގެސްޓްހައުސްތަކާއި، ކިޔަވައިދޭ ތަންތަނާއި އެނޫންވެސް އެފަދަ ތަންތަނުގެ ޙާލަތު ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ އިންތިޒާމު ހަމަޖައްސާ އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  19. ރަށުގެ ތަރައްޤީއަށް އިޤުތިޞާދީގޮތުން މަންފާ ހޯދުމަށް ހިންގިދާނެ މަޝްރޫޢުތައް ބަލައި، އެ މަޝްރޫޢުތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  20. އިޤުތިޞާދީ ބޭނުންތަކަށް ބިންދޫކުރުމުގެ މަސައްކަތް ކަމާބެހޭ ޔުނިޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް، ޔުނިޓުން ކުރަންޖެހޭ މަސައްކަތް އިންތިޒާމުކޮށް ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  21. އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި ތަންތަން ކުއްޔަށް ދޫކުރުމާއި ވަރުވާއަށް ދޫކުރުމުގެ ކަންކަން ރާވާ އެކަންކަން ވިލަރެސްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  22. ކައުންސިލުގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާއި، ފާހަގަކުރާ މުނާސަބަތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.