މި ކައުންސިލުން
ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތަކުގެ އަގު އަދާކުރުމަށް ދައްކަންޖެހޭ ފައިސާ އާއި
ސަރުކާރުގެ އިދާރާތަކަށް ރައްދުކުރުމަށްޓަކައި މި ކައުންސިލާ ޙަވާލުކުރެވޭ ފައިސާގެ
އިތުރުން އެހެނިހެން ފައިސާ 2026 އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން ނަގުދު
ފައިސާއިން ބަލައިގަތުން ހުއްޓާލުމަށް ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުގެ
4 ވަނަ ދައުރުގެ 252 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ. މި ބަދަލު ގެނެވިފައިވަނީ
މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެމަތިން، ކައުންސިލުގެ ހިސާބުތައް ތައްޔާރުކުރުމަށް
ބޭނުންކުރެވޭ އެންމެހަ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރަމުންގެންދާ
މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުންނެވެ.
ކައުންސިލަށް ނަގުދު
ފައިސާ ބަލައިގަތުން ހުއްޓާލިނަމަވެސް، ދައުލަތުން އެކި ކަންކަމަށް ޚާއްޞަކޮށްފައިވާ
ޕޯޓަލުތަކުގެ އިތުރުން، ބެންކު ޓުރާންސްފަރ މެދުވެރިކޮށް ކުރިއެކޭ އެއްގޮތަށް
ފައިސާ ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން، މަޢުލޫމާތަށްޓަކައި
ދެންނެވީމެވެ.
މިހެންވެ
މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.