ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ނަންބަރ: (IUL)245/245/2021/5
ރައްޔިތުންނާ ބައްދަލްކުރުން
ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ރަށުކައުންސިލުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ
ގޮތުންބާއްވާ ބައްދަލުބުން 18 ފެބްރުއަރީ 2022 ވާ ހުކުރު ދުވަހުގެ ރޭ 8:30 ގައި އިޖުތިމާއީ
ހިޔާ ހޯލުގައި އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމުގައި
ބައިވެރިވެ ވަޑައިގެން ދެއްވުން އެދި އުލިގަމުގެ ލޮބުވެތި ރައްޔިތު އަންހެން
ކަނބަލުންނަށާއި ފިރިހިހެން ބޭފުޅުންނަށް ދަޢުވަތު އަރުވަމެވެ. އަދި ދަންނަވަމެވެ.
މިއިޢުލާނާއެކު ބައްދަލްވުމުގައި ރައްޔިތުންނާ ހިއްސާކުރުމަށް ހަމަޖެހިފައިވާ،
ރިޕޯޓްތައް މިއިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމުކުރެވިފައި ހުންނާނެ ވާހަކަ
ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް
އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އަޙްމަދު މުޢާޛު މުޙައްމަދު
އުލިގަމު ކައުންސިލްގެ ރައީސް