ރަށުގެ މަގުތަކާއި ގޯއްޗާއި އިންވެފައިވާ މަގުފަޅި
ސާފުކުރުމާ ގުޅޭ
ރަށުގެ ބައެއް ސަރަޙައްދުތަކުގެ
މަގުތަކާއި ގޯތީގެ މަގުފަޅި ގަވާއިދުން ސާފުކޮށް ބަލަހައްޓަމުން ނުގެންދާކަންވަނީ
ފާހަގަ ކުރެވިފައެވެ. އަދި މަގުމަތީގައި ވިނަފަޅައި ހިނގާބިނގާވެ އުޅުމަށާއި
ދުއްވާ ތަކެއްޗަށް ދަތިވާކަމުގެ ޝަކުވާ މި ކައުންސިލަށް ދަނީ ލިބެމުންނެވެ.
ވީމާ، އެފަދަ މަގުތަކާއި
ގޯއްޗާއި އިންވެގެންވާ މަގުފަޅި އޮގަސްޓް މަހުގެ 10 ގެކުރިން ސާފުކުރުމަށް ދަންނަވަމެވެ.
އަދި މި ތާރީޚަށް ފަހުވެސް މަގުތަކާއި ގޯއްޗާއި އިންވެގެންވާ މަގުފަޅި ގަވާއިދުން ބަލަހައްޓަމުން
ގެންދިއުމަށް ދަންނަވަމެވެ. މިގޮތުން ގޯއްޗާއި އިންވެގެންވާ މަގުގެ އަނެއްފަރާތުން
ގޯއްޗެއް ދޫކޮށްފައި ނުވާ ސަރަޙައްދު ތަކުގައި ހުރި ގޯތިތަކުން މަގުގެ ފުޅާމިނަށް މަގު
ސާފުކޮށް ބެލެހެއްޓެވުމަށް ދަންނަވަމެވެ.
މިރަށަކީ
ސާފު ރީތި ނަމޫނާ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އެއްބައިވަންތަ ކަމާއެކު ރައްޔިތުންގެ
ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުޞަތުގައި ނުހަނު
އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.