ރުއްގަހުގެ ވެރިފަރާތް ހޯދުން

20 ޖެނުއަރީ 2022

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ                                  
   ހއ.އުލިގަން،ދިވެހިރާއްޖެ                                                                                                                        
                                                                   ނަންބަރު: (IUL)245/245/2022/4
                                               އިޢުލާން
ރުއްގަހުގެ ވެރިފަރާތް ހޯދުން
      މިރަށުން މޯލްޑިވްސް އިމިގްރޭޝަން އަށް ދޫކޮށްފައިވާ ( ޕޯސްޓް އޮފީސް ގޯއްޗާއި ދިމާލު ހުނޅަގުން އޮތް ) ބިމާއި، އެބިމާގުޅިފައިވާ މަގުތަކުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދަންބޭނުންވެއެވެ.
    ވީމާ، އެބިމުގައި އެވެސް ފަރާތެއްގެ ރުއްގަސް ހުރިނަމަ ރުއްގަހުގެ ބާވަތާއި ޖަހާފައިވާ ނަންބަރާއި ވެރިފަރާތް އެނގޭގޮތަށް ފާހަގަކޮށް 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް އަންގަވާދެއްވުން އެދެމެވެ. މިބިމުގައި ހުރި ރުއްގަހުގައި ކައުންސިލްގެ ފަރާތުން 1 ކުން 17 ކަށް ރީދޫ ކުލައިން ނަންބަރުޖަހާފައިވާނެއެވެ.
     މިއިދާރާގައި ރަޖިސްޓްރީ ކޮށްފައި ނެތް ރުއްގަހަކީ އަމިއްލަ މީހުންގެ ރުއްގަސް ކަމުގައި ނުބެލެވޭނެ  ވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާނަމަ އެބިމުގައި އަމިއްލަ މީހެއްގެ އެއްވެސް ރުއްގަހެއް ނެތީކަމުގައި ބެލެވޭނެއެވެ.
              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
              17 ޖުމާދަލްއާޚިރާ 1443
              20 ޖެނުއަރީ 2022
                                                                                   އަޙްމަދު މުޢާޛު މުޙައްމަދު
                                                                                 އުލިގަމު ކައުންސިލްގެ ރައީސް