މިހާރު ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ބަވާތުގެ ފިލިގަހެއް. މި ގަހާ ގުޅުވައިގެން މިހާރުވަނީ އުލިގަމުގެ މަގަކަށް ނަންދެވިފައި.
ރީތި ކުރެހުން ބައެއް އަޅާފައިވާ ހިރިގަލުން ހަދާފައިވާ މަހާނަގަލެއް. މިއީ އުލިގަމުގެ އަތްތެރި މަސައްކަތު ފަންނު ދައްކުވައިދޭ އިހުގެ ތަރިކައެއް. މި ފަދަ ތަރިކަ ނެގުމަށްފަހު އެއްކުރުމުގެ މަސައްކަތް މި ކައުންސިލުން ދަނީ ކުރަމުން.
ކުޅިކޮލި ފެންގަނޑަކީ އުލިގަމުގެ ގުދުރަތީ މުއްސަތިކަން ދައްކުވައިދޭ އަގުބޮޑު ތަރިކައެއް. މި ތަނަށް ނަން ދެވިފައިވަނީ މި ތަނުގައި ދިރިއުޅޭ ބާވަތުގެ ބޮއްޔަކާއި ގުޅުވައިގެން.
މިއީ އިހުޒަމާނުގައި ރާއްޖޭގެ ފެންމީރު ކަމަށް ބުނެވޭ ވަޅެއް.
އުލިގަމުގައި ހުރި ދުވަސްވީ ނިކަގަހެއް. މި ނިކަގަސް ހުރީ އުލިގަމު ކުޑަކުދިންގެ ޕާކުގެ ދެކުނުގައި. މި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި މި ކައުންސިލުންވާނީ، ފިނި މައިޒާނެއް މި ސަރަހައްދުގައި ހެދިފައި.
ބޭންގު ފެންގަނޑަކީ އުލިގަމުގެ ގުދުރަތީ މުއްސަތިކަން ދައްކުވައިދޭ އަގުބޮޑު ތަރިކައެއް. މި ތަނަށް ނަން ދެވިފައިވަނީ މި ތަނުގައި ދިރިއުޅޭ ބާވަތުގެ މަހެއްގެ ނަމާއި ގުޅުވައިގެން.
މިއީ ޒިޔާރަތްމަގުގައި ހުރި ޒިޔާރަތެއް ކައިރީ ހެދިފައިހުރި ވަޅެއް.
އުލިގަމުގައި ހެދިފައިވާ ދުނިޔޭގެ ފުރަތަމަ ހައިބްރިޑް އޭސީ-ކޮމްޕަލްޑް އިއާދަކުރަނިވި ހަކަތައިގެ މައިކްރޯގްރިޑް. މިއީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ފެށި ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓްގެ ވަރަށް ކުރީކޮޅު ހުއްޓާލެވިފައިވާތީ، މި ސަރަހައްދަކީ މިހާރު އާސާރީ ތަރިކައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސަރަހައްދެއް.