ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި މައިކްރޯންގެ ސީއީއޯ މުހައްމަދު ނައިހް ނަޖީބެވެ.
އުލިގަމު ސްކޫލުގައި އަށް ކްލާސްރޫމާއި ސައިންސް ލެބަކާއި ސްކޫލްގެ ވަށާފާރު އަދި އޭވީ ރޫމް އިމާރާތުގެ މަސައްކަތް ކުރާނެ އެވެ. މިމަސައްކަތް 12.5 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މިމަސައްކަތް 12.5 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
- އެޑިޔުކޭޝަން މިނިސްޓްރީ -