މާލޭ ހުކުރު މިސްކިތުގެ ނަމޫނާއާއި އެއްގޮތަށް އުލިގަމުގައި ބިނާކޮށްފައިވާ އުލިގަމު ހުކުރު މިސްކިތް
މަސްޖިދު މޫސާ ޢަލީގެ ލޭންޑްސްކޭޕް މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތަކީ ދީލަތި ފަރާތެއްގެ މާލީ އެހީތެރިކަން ލިބިގެން އުލިގަމު ކައުންސިލާއި އުލިގަމުގެ ބައެއް މުވައްސަސާތަކުގެ މުވައްޒަފުންނާއި އުލިގަމުގެ ރައްޔިތުން ގުޅިގެން ޢަމަލީގޮތުން މަސައްކަތް ކުރަމުން ގެންދާ ޕްރޮޖެކްޓެކެވެ.
މި މަސައްކަތަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ މި މަހުގެ ފުރަތަމަ ދުވަހު ޙަވާލު ކޮށްގެން މިހާރު ކުރިޔަށްދާއިރު، ގައުލިބުމުގެ ކުރިން ގައު އެތުރުމަށް ވާންޖެހޭ ތައްޔާރީ ތައް މިހާރު ގެންދަނީ ނިންމަމުންނެވެ.
އެގޮތުން ގައު އަތުރާ ސަރަހައްދުގެ ރުއްގަސް ނަގައި ތަރުތީބުން އިންދުމުގެ އިތުރުން ގައު އަތުރާ ސަރަހައްދުގެ ކަރބްސްޓޯން ރޭނުމުގެ
މަސައްކަތް މިހާރު ވަނީ ނިންމާލައި ސިމެންތި ޖެހުމާއި ހަމައަށް ގޮސްފައެވެ.
މިމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިޖްތިމާޢީ
މަސައްކަތެއްގެ ގޮތުގައި ރަށުގެ ރައްޔިތުންނާއި ރަށުގައި ޤާއިމްވެފައިވާ މުއައްސަސާތަކާއި
އުލިގަމު ކައުންސިލުގެ މުވައްޒަފުންގެ ބައިވެރިވުމާއި އެކުގައި ކަމުން މިކަމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހުރިހާ ފަރާތްތަކަށް އުލިގަމު ކައުންސިލުން ޝުކުރު އަދާކުރައްވައެވެ.
ކަރބްސްޓޯން ރޭނުމުގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: އުލިގަމު ކައުންސިލް
މިމަސައްކަތަށް ފަންޑް
ކުރަމުންދަނީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއި އެކު ކައުންސިލްގެ ބަޖެޓުންނެވެ.
އަދި މަސައްކަތް ހިގަމުންދާ ވަގުތުތަކުގައި ރަށުގެ ރައްޔިތުންގެ ފަރާތުން މަސައްކަތްކުރާ
ފަރާތްތަކަށް ކެއުމާއި ލުއިބުއިންތަށް ލިބެމުންދާކަން އުފަލާއިއެކު ކައުންސިލުން
ފާހަގަކޮށް މިކަމަށްޓަކައި އެފަރާތްތަކަށް ނިހާޔަތަށް ޝުކުރުދަންނަވައެވެ.
މިސްކިތު މަތިން ނަގާފައިވާ ފޮޓޯއެއް ފޮޓޯ: ހައްމާދު ޢަބްދުﷲ
މަސްޖިދުލް މޫސާ ޢަލީއަކީ ހެޔޮއެދޭ
ފަރާތެއްކަމުގައިވާ އަލިފުޅު ތުއްތު ފައުންޑޭޝަނުން އުލިގަމުގައި 2012 އަހަރު
ގާއިމްކޮށްދެއްވާފައި މިސްކިތެކެވެ. މިމިސްކިތަކީ މާލޭގެ ހުކުރުމިސްކިތް އަސްލަކަށް
ބަލައިގެން ހަދާފައިވާ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ މިސްކިތެކެވެ.