ރުއް އިންދުމުގެ ޕްރޮގްރާމް ބަދަލުގެނެވިފައި

17 މޭ 2025
rua-indhumuge-prograam-featured-image
މި އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ކައުންސިލްގެ އިމާރާތްތަކާއި މަގުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ދެރަށް ބުރިކޮށްލި މަގާއި، ބައެއް އިމާރާތްތަކުގައި ރުއް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން ފަތުރުހިޔާ އަދި ކައުންސިލްގެ އިދާރާގައި ރުއް އިންދާފައިވެއެވެ.
ހަރަކާތް ކުރިއަށް ދިޔައީ މިއަދު ހަވީރު 17:00 އިން 16:30 އާ ދެމެދުއެވެ. ރުއް އިންދުމުގައި ހަރަކާތްތެރިވެފައިވަނީ އިދާރާގެ މުވައްޒަފުންނެވެ.
މިއަދުގެ ހަރަކާތުގައި ދެރަށްބުރިކޮށްލި މަގުގައި 13 ރުއް، ފަތުރުހިޔާގައި 17 ރުއް، އަދި ކައުންސިލް އިދާރާގެ ގޯތިތެރޭގައި 2 ރުއް އިންދުނެވެ. މިއަދު އިންދި ރުއްތަކަކީ ހއ. އަތޮޅު ކައުންސިލުން ހަދިޔާކޮށްފައިވާ ރުއްތަކެކެވެ.