އުލިގަމު ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކޮށްފި

22 ސެޕްޓެމްބަރު 2022
uligamu-leynd-yoos-pleyn-thahyaarukurumahtakai-uligamu-kaunsilaai-riyan-praivet-limitedaaieku-soikohfi-featured-image
ތިލަދުންމަތީ އުތުރުބުރީ އުލިގަމުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށް އުލިގަމު ކައުންސިލާއި ރިޔަން ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ  22 ސެޕްޓެމްބަރ 2022 ވީ ބުރާސްފަތި ދުވަހުއެވެ. މި އެއްބަސްވުމުގައި ވަނީ 45 ދުވަސް ތެރޭ މިމަސައްކަތް ނިންމަން ކަނޑައެޅިފައެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދީފައިވާ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކުންފުންޏެކެވެ. 
އުލިގަމުގެ ތަރައްޤީގެ ގިނަ މަސްރޫޢުތަކެއް މިވަގުތު ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައި ނުވުމެވެ.
އުލިގަމުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރީންވެސް ވަނީ އިޢުލާނު ކޮށްފައެވެ.
އެހެންނަމަވެސް އެކަށީގެންވާ ރަނގަޅު ހުށައެޅުމެއް ނުލިބުމުން އެއިޢުލާނު ބާޠިލުކޮށް ކައުންސިލުން ވަނީ އަލުން ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢްލާނު ކޮށްފައެވެ.